ސެޕްޓެމްބަރ 20, 2024 14:01

އއ. ދިގުރަށް /ފޮޓޯ: ޕީއެސްއެމް

ވިހެއުމަށްފަހު ދަރިފުޅު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލި ބިދޭސީ އަންހެނާ ހައްޔަރުކޮށްފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 3, 2023

އދ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ސްރީލަންކާގެ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ ލަންކާއަށް ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާއެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ބުނީ ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ ފުރަތަމަ ފެނިފައިވަނީ މިއަދު ހެނދުނު ކުނިކޮއްޓަށް ދިޔަ އެތަނުގެ ބިދޭސީ މުވައްޒަފަކަށެވެ. މައުލޫމާތު ލިބޭގޮތުގައި އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުން ކުރާ ކަޅު ކޮތަޅެއްގެ ތެރެއަށް ލާފައެވެ. އަދި އެ ކުއްޖާގެ ފޫޅުވެސް ނުކަނޑާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އަންނަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy