ސެޕްޓެމްބަރ 20, 2024 10:56

ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު

ފާތިމަތު އިސްރާ
ޑިސެމްބަރ 1, 2023
ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ބަލަން ފަށައިފިއެވެ.

ޒަމްޒަމް ފާރިޝްއަކީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫލާތު ލިބިފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ މައްސަލަ ބަލަމުން އަންނައިރު ޒަމްޒަމް ފާރިޝްވަނީ އަރަބިއްޔާ ސްކޫލުން ވަކިވާން ނިންމައިފަ އި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ވެރިކަން ބަދަލުވުމުގެ ކުރިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގު އަންނަނީ ހިންގަމުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެ މައްސަލައާ ގުޅިގެން ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޒަމްޒަމް ފާރިޝްވަނީ ކުރިންވެސް ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ. އޭނާ އޭރު ސަސްޕެންޑް ކުރެވުނީ ކުރީގެ ވެރިކަމުގައި ރައީސް ސާލިހު ނެރުއްވި ގަރާރަކަށް ފާޑިކުން އަމާޒު ކުރުމުންނެވެ. އެހެންނަމަވެސް އޭނާގެ ސަސްޕެންޝަން އުވާލަން ޖެހުނީ އޭނާ ސަސްޕެންޑް ކުރެވުނީ ގަވާއިދާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓަރިބިއުނަލްއިން ނިންމުމާއި ގުޅިގެންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy