ސެޕްޓެމްބަރ 20, 2024 14:26

އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް، އެމްއައިބީއަށް

ފާތިމަތު އިސްރާ
ނޮވެމްބަރ 30, 2023

އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް ފޯ އިސްލާމިކް ރީޓެއިލް ބޭންކިން އިިން މޯލްޑިވްސް 2023" އެވޯޑް، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.

އެމްއައިބީއަށް މި އެވޯޑު ލިބުނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަހްރެއިންގެ މަނާމާގައި ބޭއްވި ނުވަ ވަނަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސް ހަފްލާގަ އެވެ.

އެކްސެލެންސް އެވޯޑް އެމްއައިބީއަށް ލިބުނުއިރު، ދެކުނު އޭޝިއާގެ ''އިސްލާމިކް ބޭންކް އޮފް ދި އިޔާ'' އެވޯޑް ވެސް މި އަހަރު ލިބުނީ އެމްއައިބީއަށެވެ.

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ)އިން ދޭ، ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކް އޮފް ދި އިޔާ އެވޯޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހާސިލްކުރީ މިދިޔަ މަހު އެވެ.

ކުރިންވެސް އެފަދަ އެވޯޑުތައް އެމްއައިބީ އަކީ ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި އަދި ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy