ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯއަކަށް ޕީޕީއެމްގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ހީނާ ވަލީދު އައްޔަންކުރައްވައިފިއެވެ.
ކޮމިއުނިކޭޝަން އަދި ޖާރނަލިޒަމްގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ހީނާ އަކީ ނޫސްވެރިކަމުގެ ދާއިރާގެ ދިގު މުއްތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން، އޭނާ ވަނީ އެގޮތުން އޭނާ ވަނީ ޓެލިވިޜަން މޯލްޑިވްސް، ޓީވީއެމްގައި 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ.
ހީނާ މިހާރު އަންނަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް އެފެއާޒްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވަމުންނެވެ.
މީގެ ކުރިން އޭނާ ވަނީ ހީނާ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމްވެސް ފުރުއްވަވާފައެވެ.