ސެޕްޓެމްބަރ 20, 2024 11:50

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް ރަޝީދު

ފާތިމަތު އިސްރާ
ނޮވެމްބަރ 28, 2023

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ފަޒުލް ރަޝީދު އައްޔަނުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި ފަޒުލް އެ މަގާމަށް އައްޔަނު ކުރާކަމަށް މީޑިއާތަކުން ވަނީ މީގެ ކުރިން ރިޕޯޓުކޮށްދަ އެވެ.

މަގާމަށް އައްޔަނު ކުރިއިރު، ފަޒުލް އަކީ ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރެވެ.

ފަޒުލް މަގާމަށް އައްޔަނު ކުރުމުން، އާބަންކޯއިން ވަނީ އެކަމަށް މަރުހަބާ ކިޔައި އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމަށް ބުނެފަ އެވެ.

މިވަގުތު ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކަށް އެމްޑީން އައްޔަނު ކުރުމާއި، ދައުލަތުގެ އެހެނިހެން އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ. އަދި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭތީ، ބައެއް ބޭފުޅުން ވަނީ މަގާމަށް ވަޑައިގަތުމަށް މަޖިލީހުން އިސްތިއުފާ ދެއްވާފަ އެވެ.

ސަރުކާރު ހިއްސާވާ 22 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުއްވާފަ އެވެ.

ވެރިކަމާއި ހަވާލުވުމަށް ފަހު ވެސް ކުންފުނިތަކަށް ވެރިން އައްޔަނު ނުކުރެވި ލަސްވެގެން ދިޔައީ، ޕީސީބީގެ ކޯރަމް ހަމަވާ މިންވަރަށް ވެސް މެންބަރުން ނެތުމުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުސްކަމެއްގެ ތެރޭގައި އޮތް ޕީސީބީއަށް ވެސް މެމްބަރުން އައްޔަނު ކުރީ އައު ސަރުކާރުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy