ސެޕްޓެމްބަރ 20, 2024 09:03

ސްޓެލްކޯއިން ބޭއްވި ޕްރެސް ކޮންފެރެންސެއްގެއި ފަހުމީ ވާހަކަ ދައްކަވަނީ /ފޮޓޯ: ރައީސް އޮފީސް

ސްޓެލްކޯގެ އެމްޑީއަކަށް އެ ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ހަމަޖައްސައިފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 28, 2023

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ފަހުމީ ހަމަޖައްސައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑު މެމްބަރުން ހަމަނުވެ އޮތުމާ ގުޅިގެން އެ ކުންފުނިތަކަށް ވެރިން އައްޔަނުކުރެވިފައި ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޯޑަށް މިހާރު މެމްބަރުން އައްޔަނުކޮށް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރައްވަން ބޭނުންވާ 22 ބޭފުޅެއްގެ ނަން ޕީސީބީ އަށް ފޮނުވައި އެ މަސައްކަތް ފައްޓަވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވާ ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 1998 ވަނަ އަހަރު އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި އެ ކުންފުންޏަށް ގުޅިވަޑައިގަތް ފަހުމީ ވަނީ ފަހުން އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ އެކި މަގާމުތަކުގައި ވަޒީފާ އަދާކުރައްވާފައެވެ.

އާސަންދަ ކުންފުންޏަށްވެސް މިއަދު އާ އެމްޑީއެއް އައްޔަންކޮށްފައިވާއިރު، އެ ކުންފުންޏަށްވެސް އައްޔަންކޮށްފައި ވަނީ އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އާމިނަތު ޒީނިޔާއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy