ނުރައްކާތެރި ކެމިކަލެއް ހުރުމުން "އެމިޑޯން ސަސްޕެންޝަން" ކިޔާ، ހޮޑުލާތީ ދޭ ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ, އެމިޑޯން ސަސްޕެންޝަން ކިޔާ ބޭހެއްގައި ޑައިތެލީންނާއި އެތިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތީރިޓީން އަންގާފައިވާ ކަމަށެވެ. އެ ބޭސް އުފައްދަނީ ޕާކިސްތާނުގައެވެ.
މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުން ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ އިއުލާނުކޮށްފައެވެ.
އަދި މި ބޭސް މިހާރު ރާއްޖެ ގެނެސް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެ އޮތޯރިތީން ވަނީ ގޮވައިލައިފައެވެ.