ސެޕްޓެމްބަރ 20, 2024 11:29

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓު /ފޮޓޯ: ސޯޝަލް މީޑިއާ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 27, 2023

ހުޅުމާލެއިން ބްރިޖާ ހަމައަށް އޮންނަ ހައިވޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 12:09 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތައް ދުއްވާފައިވަނީ "އީ" ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ދެމީހުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ސޯޝަލް މީޑިއާގައި މި އެކްސިޑެންޓުގެ ވީޑިއޯތައް ދައުރުވަމުންދާއިރު އޭގެން ފެންނަނީ، އެކަކަށް އަނިޔާވެ މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރެވެ. އަދި އޭނާގެ ލޭ ފައިބަމުންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. މީގެ އިތުރުން ދުރަށް ވިއްސައިގެން ގޮސްފައި އޮތް ސައިކަލެއް ވެސް ވީޑިއޯއިން ފެނެއެވެ.

އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy