ސެޕްޓެމްބަރ 20, 2024 13:56

މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި

ފާތިމަތު އިސްރާ
ނޮވެމްބަރ 26, 2023

ކުރީގެ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުން މަސްވެރިންގެ އަތުން މަސްކިރުވާފަ ފައިސާ ނުދީ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެފައިސާގެ ތެރެއިން 30 މިލިޔަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ މަސްވެރިންނަށް ވަނީ ދީފައިކަމަށެވެ.

ދެމަހަށް ވުރެ ގިނަ ދުވަސް ވެގެން މި ދިޔައީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށް އައު ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެގޮތުން މިހާރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އިތުރަށް ނުދެވި ބާކީ ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު މަސް ދެމަސް ވެގެންދާއިރު ކުރި މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އޭގެ ސަބަބުން މަސްވެރި އާއިލާތަކަށް ގިނަ ގެއްލުންތައް ކުރިމަތިވާ ކަމެއްކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy