ސެޕްޓެމްބަރ 20, 2024 12:34

ފުރަތަމަ ރަސްމީ ދަތުފުޅުގައި، ރައީސް ޑރ މުއިއްޒު ތުރުކީ އާއި ޔޫއޭއީއަށް ފުރާވަޑައިގެންފި

ފާތިމަތު އިސްރާ
ނޮވެމްބަރ 26, 2023

ރައީސް ޑރ މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުފުޅުގައި ތުރުކީ އާއި ޔޫއޭއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ މަތީ ފެންވަރުގެ ވަދުފެއް ވަނީ މިއަދު ހެނދުނު ތުރުކީއަށް ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ތުރުކީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

އެއަށްފަހު ތުރުކީ ދަތުރު ނިންމަވާލައްވައި، ޔޫއޭއީގައި ބާއްވާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓް، ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް އަންނަ ބުރާސްފަތި ދުވަހު އެ ގައުމަށް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީސް ޑރ މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ކަމަށް ކުރިން ބެލެވިފައި އޮތީ ސައުދީ އަރަބިއްޔާ އަށް ނަަމަވެސް، އެ މަނިކުފާނުގެ ސައުދީ ދަތުރުފުޅު މިހާރު ވަނީ ފަސްކުރައްވާފަ އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy