ސެޕްޓެމްބަރ 20, 2024 10:55

ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން /ފޮޓޯ: ރައީސްއޮފީސް

ޕޮލިސް ބޯޑަށް ބަދަލެއް: ބައެއް މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 24, 2023

ޕޮލިސް ބޯޑު ގެ ބައެއް މެންބަރުން ވަކިކޮށް، ޕޮލިސް ބޯޑަށް އާ މެންބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައައްވާ ޕޮލިސް ބޯޑަށް ބަދަލެއް ގެންނަވައިފިއެވެ.

ވަކި ކުރީ ކުރިން އެ ބޯޑުގައި ތިއްބެވި އަހުމަދު ޝަރީފާއި އަލީ ނަސީރު ގާސިމް އާއި އަހުމަދު އަޒީމް އާއި އަހުމަދު ސައީދެވެ. އަލަށް އައްޔަން ކުރީ، މ. ހަޒާރީވިލާ، އަހުމަދު ފަޔާޒް އާއި ލަންކާ ސަފީރަކަށް ހުންނެވި އަލީ ފާއިޒް އާއި މއ. ގޯލްޑަން މޫން، އަހުމަދު ނާޝިދާއި ގ. ޑިމްލައިޓް، އާދަމް އިބްރާހިމެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މި ބޯޑަށް އައްޔަންކޮށްފައިވަނީ ކުރީ ރައީސް އައްޔަން ކުރައްވަންޖެހޭ މެމްބަރަކާއި މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އައްޔަން ކުރަންޖެހޭ، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މަގާމަށް ތިން މެމްބަރުންނެވެ.

މި ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy