ސެޕްޓެމްބަރ 20, 2024 12:06

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް /ފޮޓޯ: ޕީއެސްއެމް

ޕީޕީއެމުން ވަކިވެވަޑައިގަންނަވާ އާ ޕާޓީއެއް ރައީސް ޔާމީން އުފައްދަވަނީ

އައިޝަތު އިބްރާހީމް
ނޮވެމްބަރ 24, 2023

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފިއެވެ.

ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ ޕީޕީއެމުން ރައީސް ޔާމީން ވަކިވެވަޑައިގެންފިކަމާއި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވަޑައި ނުގަނަންވާ ކަމަށާއި، އެ ބޭފުޅުން ދަނީ ޕޯޑިއަމްތަކުގައި ވެސް ރައީސް ޔާމީނާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކަމަށްވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.

"ޔާމީން] ޕީޕީއެމާ ދުރަށް ޖެހިވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގައިދިއުމުން. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނޭ ބޭފުޅެއް. އެހެންވެ، އެމަނިކުފާނުގެ ފިކުރު އޮތް އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ކުރައްވާނެ،" ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ މަޖިލިސް އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި އެ އިންތިހާބަށް ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެ ގޮތުން މިހާރު ޕީޕީއެމް އޮތީ ހައިޖެކް ކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ "އަނިޔާވެރިކަން" ނިންމަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޔާމީނެވެ. އަދި މިހާރު އޮތް ސަރުކާރު އިންތިހާބުވީ، އެމަނިކުފާނުގެ ފިކުރުން ފައިދާ ނަގައިގެން ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކާ ގުޅޭގޮތުން ޔާމީން ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy