ސެޕްޓެމްބަރ 20, 2024 13:58

އަންކާރާބްރާންޑްގެ ޕާސްތާގެ ކެއުމެއް ބޭނުންތޯ؟ އެސްޓީއޯ އަންކާރާނައިޓް އަށް ދަމާ ހިނގާ!

ފާތިމަތު އިސްރާ
ނޮވެމްބަރ 23, 2023

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ 'އަންކާރާނައިޓް' އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓިއޯއިން ބުނީ އެ ކުންފުންޏާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިޔަށް ގެންދާ އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް އޮންނާނެ ކަމަށެވެ.

އެސްޓިއޯ އިން ބުނީ ހޮނިހިރު ދުވަހުގެ ރޭގެ 8:00 ން 10:30 އަށް ކުރިޔަށް ގެންދާ އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެންވެސް އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެސްޓީއޯ ކުރީއަހަރުގެ އަންކާރާނައިޓްގެ ތެރެއިން....ފޮޓޯ: އެސްޓީއޯ

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖު، ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ޕީޕަލް ޗޮއިސް އަދި އަތޮޅުތަކުގެ ފިހާރަތަކުން ލިބެން ހުރެއެވެ.

ކޮންމެ އަހަރަކުވެސް އެސްޓިއޯ އިން އަންކާރާ ނައިޓް ބާއްވަމުން އަންނައިރު މިދިޔަ އަހަރު ބާއްވާފައިވަނީއައްޑޫ ސިޓީގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy