ސެޕްޓެމްބަރ 20, 2024 15:39

ޕީސީބީ ބޯޑުގެ މެމްބަރުކަން އައްޔަން ކުރި ހަސަން މުގްނީ /ފޮޓޯ: އެންއީއޯސީ

ސްޓެލްކޯގެ ކުރީގެ އެމްޑީ މުގްނީ، ޕީސީބީގެ މެންބަރު ކަމަށް އައްޔަންކޮށްފި

އައިޝަތު އިބްރާހީމް
ނޮވެމްބަރ 23, 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ޢައްޔަންކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުގެ ކުރީ ކޮޅު ސްޓެލްކޯ ހިންގެވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުންވެސް އޭނާ ވަނީ ސަރުކާރު މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މިނިސްޓާ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައްވެސް ފުރުއްވާފައިވެއެވެ.

މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައެވެ.

މީގެ އިތުރުންވެސް ޕީސީބީގެ ހުސްވެފައިވާ ގޮނޑިތަކަށް ރައީސް އައްޔަން ކުރެއްވި މެންބަރުންނަކީ:

  • އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއަށް: އަހުމަދު މުޝްތާގު
  • ބޭންކިންގެ ދާއިރާއަށް: ލީނާ އަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަށް: އަލްއުސްތާޒު މޫސާ ފަތުހީ އާދަމް

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy