ސެޕްޓެމްބަރ 20, 2024 14:47

ރައްޔިތުންނަށް ހިދުމަތްކޮށް ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް ޑރ މުއިއްޒު އިލްތިމާސް ކުރައްވައިފި

ފާތިމަތު އިސްރާ
ނޮވެމްބަރ 21, 2023

ރައްޔިތުންނަށް ހިދުމަތްކޮށް، ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ އެއްބައިވަންތަކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.

މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީހަކީ ރައީސް އޮފީސްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭން ޖެހޭ އިރުޝާދުތައް ދިނުމާއި ބަލަހައްޓަން ޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރާ އޮފީހަކީ ވެސް ރައީސް އޮފީސް ކަމަށެވެ. އެހެންކަމަށްވުމާއެކު، އެ އޮފީހުގެ ކަންކަން ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އިދާރާތަކަށް ވެސް ރީތި މިސާލެއް ދައްކައިދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy