ސެޕްޓެމްބަރ 20, 2024 04:04

އެނގޭތަ؟ މިއަދަކީ ފިރިހެނުންގެ ދުވަސް، ފާހަގަކޮށްލަމާ!

ފާތިމަތު އިސްރާ
ނޮވެމްބަރ 19, 2023

މިއަދު ނޮވެމްބަރ މަހުގެ 19 ވަނަ ދުވަސް، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން ޖެހުނީ އަންހެނުންގެ ދުވަހެއް އޮވެ އެދުވަސް ފާހަގަކުރާތީ ފިރިހެނުންގެ ދުވަހެއް ހަމަޖައްސައި ދިނުން އެދި ކުރި އިހުތިޖާޖަކުންނެވެ. އަބަދުވެސް ކަންކަމުގެ "ލީޑް" ބޭނުންވާ ފިރިހެނުން މި އިހުތިޖާޖުގައި ހުށަހެޅީވެސް އަންހެނުންގެ ދުވަސް 8 މާރިޗަށް ވާތީ ފިރިހެނުންގެ ދުވަސް އެއަށްވުރެ ކުރިއަށް ޖައްސައި ފެބްރުވަރީ މަހުގެ 23 އަށް ފިރިހެނުންގެ ދުވަސް ހަމަޖެއްސުމަށް ގޮވާލައެވެ.

އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަކަށް ގޮވާލާ އަޑުއުފުލާފައި ވަނީ 1960 ގެ އަހަރުތަކުގަައެވެ. ފެބްރުއަރީމަހުގެ 23 ވަނަ ދުވަސް ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަށް ހަމަޖެއްސުމަށް ގޮވާލައި، އެތައް ގިނަ ފިރިހެނުންތަކެއް ސިއްރުން އިހުތިޖާޖު ކުރަމުން ދިޔަސަބަބަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ އެއްވަރުގެ ދުވަހަކަށް ފިރިހެނުންގެ ދުވަސް ހެދުމަށްޓަކައެވެ. ނަމަވެސް، ތާރީޚީ ހާދިސާތަކަށް ފެބްރުވަރީ 23 އަށް ފޯކަސް މަދުކަމުން، ކުރީގެ ޔޫނިއަންގެ ބައެއް ޤައުމުތަކުން ވަނީ ނޮވެމްބަރު 19 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.

ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. އަދި މިގޮތަށް މިދުވަސް ފާހަގަކުރާ ސަބަބަކީ ޕޮސިޓިވް ރޯލް މޮޑެލްތަކަށް އަލިއަޅުވާލައި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައެވެ. 2023 ވަނަ އަހަރުގެ ޝިއާރަކީ "ޒީރޯ މޭލް ސުއިސައިޑް" އެވެ. އެންމެން ގުޅިގެން "ފިރިހެނުން އަމިއްލައަށް މަރުވުން ހުއްޓުވިދާނެ" މިއީ މިއަހަރު ފިރިހެނުންގެ ދުވަހުުގެ ޝިއާރެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ބާނީއަކީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޑރ ޖެރޯމް ޓިލަކްސިންގް އެވެ. 1999 ވަނަ އަހަރު މި ދުވަސް އުފެއްދެވީ މުޖުތަމައުގައި ފިރިހެނުން ކޮށްދޭ ހެޔޮ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަގްސަދުގައެވެ.

"ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް" ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި 1999 ވަނަ އަހަރު ފެށުނު މި ދުވަހަކީ އޭނާގެ ބައްޕަގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޑރ ޖެރޯމް ޓުލަކް ސިންގް އުފެއްދެވި ދުވަހެކެވެ. މިދުވަސް ފާހަގަކުރުން، ވޭތިވެދިޔަ 22 އަހަރު ކުރިއަރަމުން އައިސް އަދު 80 އަށް ވުރެ ގިނަ ގައުމުތަކުގައި މި ދުވަސް ދަނީ ފާހަގަކުރަމުންނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ފިރިހެނުންނަށް ދިމާވާ އިޖުތިމާއީ މައްސަލަތައް ފާހަގަ ކުރުމުގެ މަގްސަދުގަ އެވެ.

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް މުހިންމުކަން ދީގެން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ އަންހެނުންނާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުވައި ބާރުކުރުވުމަށް އަންހެނުންގެ ދުވަސް ފާހަގަކުރުމާ އެއްފަދައިން މައިންބަފައިން އެކަހެރިވުމާއި، ގޯނާކުރުމާއި، ގެދޮރުނެތި، އަމިއްލައަށް މަރުވުމާއި، މާރާމާރީ ފަދަ ފިރިހެނުންނަށް ކުރިމަތިވާ ގިނަ މައްސަލަތަކަކަށް މުޅި ދުނިޔޭގައި ވެސް ހޭލުންތެރިކުރުވުމުގެ ދުވަހެކެވެ.

އެހެންކަމުން ފިރިހެނުންގެ މިޒާޖާއި ފިތުރީ ތޮބީއަތުގައި މިދުވަސް ހާއްސަކޮށް ފާހަގަކުރުން ނެތަސް، އަންހެނުންގެ ފަރާތުން އެމީހުންނަށް ހަދިޔާދެވިދާނެތާއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy