ސެޕްޓެމްބަރ 20, 2024 11:46

އިންތިހާބީ ރައީސް ހުވާކުރެއްވުން: ހުކުރުދުވަހު ހަވީރު 4:45 ގައި!

އައިޝަތު އިބްރާހީމް
ނޮވެމްބަރ 15, 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހު ހަވީރު 4:45 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިދާރާއިން ބުނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދައުވަތު ދޭނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ވެރިން ވެސް ހިމެނޭ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ނަމަވެސް ވިއްސާރަވެ ޖުމްހޫރީ މައިދާނުގައި ޖަލްސާ ނުބޭއްވިއްޖެ ހާލަތެއްގައި މަޖިލީހުގައި ޖަލްސާ ބާއްވަންޖެހިދާނެ ކަމަށާއި އެކަމަށް މަޖިލީސް ތައްޔާރުކޮށްފައި އޮންނަންޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ އެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތުން  ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އަދި ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީއާ ބެހޭ ސީނިއާ ޑައިރެކްޓަރު ސާރާ ލެޑިސްލޯ އާއި ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ހުގޯ ޔޮންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބަކު ވެސް ބައިވެރިވަވަޑައިގަންނަވައެވެ. އަވަށްޓެރި އިންޑިއާ އިން މި ރަސްމިއްޔާތަށް ފޮނުވަނީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރަން ރިޖުޖުއެވެ. ލަންކާ އިން ރާއްޖެ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަމަށް އެނގިފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy