ސެޕްޓެމްބަރ 20, 2024 08:58

އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ ކުރި އިހުތިޖާޖުގެ ތެރެއިން /ފޮޓޯ: އަދަދު

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ގޮވާލާ އާންމުންގެ ގިނަ ބަޔަކު މަޖިލީސް ދޮށަށް

އައިޝަތު އިބްރާހީމް
ނޮވެމްބަރ 15, 2023

އިޒްރޭލުގެ މީހުން ރާއްޖެ އައުން މަނާ ކުރަން ގޮވާލާ އަޑުއުފުލުމަށް އާންމުންގެ ގިނަ ބަޔަކު ރައްޔިތުންގެ މަޖިލީސް ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފަލަސްތީނާއެކު ދިވެހީން ތިބިކަން ހާމަކޮށްދިނުމަށް ފެހި ހެދުމުގައި މި ބައިވެރިން ވަނީ މިއަދު ހެދުނު 10:00 ގައި މަޖިލީސް އިދާރާ ކުރިމައްޗަށް އެއްވެފައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދަނީ އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށާއި އިޒްރޭލުގެ ޕްރޮޑަކްޓުތައް ބޮއިކޮޓް ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެމްބަރުން މި މައްސަލާގައި އެދެވޭ މަސައްކަތެއް ނުކުރާ ކަމަށާއި މުސްލިމް އުންމަތެއް އަނިޔާވެރިކަމާއެކު ނައްތާލަމުން ދާއިރު ހަނު ތިބޭ މެމްބަރުންތަކެއް މަޖިލީހުގެ އިތުރު ދައުރަކަށް ނުހޮވާނެ ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދިޔައީ ގޮވަމުންނެވެ.

އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމަށް ގޮވާލާ ބޭއްވި އިހުތިޖާޖުގެ ބައިވެރިން ތަކެއް /ފޮޓޯ: މިހާރު

އިހްތިޖާޖު ކުރަމުން ދިޔަ މީހުންގެ ކައިރިއަށް ރައީސް ނަޝީދު ވަޑައިގެން ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ފަލަސްތީން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށާއި ޒަޔަނިޒަމާއި އިޒްރޭލަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމުގައިވެސް ވިދާޅުވިއެވެ.

އިޒްރޭލުގެ މީހުން އައުން މަނާ ކުރުމަށް އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށް ގޮވާލާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން ވެސް އެއްވުމުގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުޒާހަރާގެ 12 ބައިވެރިޔަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިކަމަށް ޖަވާބު ދެއްވާ އަސްލަމް ވިދާޅުވީ މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަވަސް ކުރައްވާނެ ކަމަށެވެ. ނަމަވެސް, ހުށަހެޅިފައިވާ ސަޕްލިމެންޓަރީ ބަޖެޓާއި ހުކުރު ދުވަހު ބާއްވާ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަމާ ހުރެ މަޖިލީހުގެ މަސައްކަތްތައް ބުރަވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy