ސެޕްޓެމްބަރ 20, 2024 09:17

ފޮޓޯ: ދަ އެޑިޝަން

މިރޭ 9:00 ޖަހާއިރު ފަލަސްތީނަށްޓަކައި ދިދައެއް ހިފައިގެން ދޮރާށިދޮށަށް ނުކުންނަން ހިނގާ!

ފާތިމަތު އިސްރާ
ނޮވެމްބަރ 12, 2023

ފަލަސްތީނުގެ މުސްލިމުންނަށްޓަކައި މިރޭ ނުވައެއް ޖަހާއިރު ކޮންމެ ބަޔަކުވެސް އެބަޔަކު އުޅޭ ގޭގެ ދޮރުމައްޗަށް ފަލަސްތީނުގެ ދިދައެއް ހިފައިގެން ނުކުތުމަށް އެދި ދިވެހި ޒުވާނުންތަކެއް ދައުވަތު ދީފިއެވެ.

"މިހެން" އަށް ކިޔައިދެމުން މިޒުވާނުން ބުނީ އުންމީދަކީ މިރޭ ވީހާވެސް ގިނަބަޔަކު ފަލަސްތީނަށްޓަކައި ނުކުތުން ކަމަށް ބުންޏެވެ. ފަލަސްތީނަށްޓަކައި އަޑުއުފުލުމަށް، އަދިވެސް ދިވެހިން މިތިބީ ފަލަސްތީނާއެކުގައި ކަން ހާމަކޮށް ޔަގީން ކޮށް ދިނުމަށްޓަކައި ވިސްނައި ނިންމުމަށްފަހު ދިވެހިންނަށް ދިން ދައުވަތެއް ކަމަށްވެސް އެޒުވާނުން ބުންޏެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ކޮންމެ ރަށަކުންވެސް، އެބަޔަކު އުޅޭ ގޭގެ ދޮރުމައްޗަށް ދިދައެއް ހިފައިގެން ނުކުތުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އަދި މިހެން ނުކުތުމުން އަވަށްޓެރިންނާއި ހިސާބުގަނޑުގެ މީހުންނާއި އަވަށްޓެރިން އެކުގައި ފަލަސްތީނަށްޓަކައި އެއްވަގުތަކުން އަޑުއުފުލާލެވޭނެއެވެ.

އެހެން ކަމުން މިރޭ ނުވައެއް ޖަހާއިރު ގޭގެ ދޮރާށި ދޮރަށް ނުކުންނަވާށެވެ. ފަލަސްތީނު ރަމްޒުކޮށްދޭ ދިދައަކާއެކު އަޅުގަނޑުމެންގެ އުންމަތުގެ އަހުންނާއި އުހްތުންނަށްޓަކައި ދެއަތް އުފުލާލަން ނުކުންނަވާށެވެ. އަވަށްޓެރިންނާއި ހިސާބުގަނޑުގެ މީހުންނާއި އަވަށްތަކުންނާއި ރަށްތައް ހިމެނޭހެން މުޅި ރާއްޖެ އެކީ އެއްވަގުތަކު އެއް ހިނދުކޮޅެއް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަން ނުކުތުމަކީ މިޒުވާނުންގެ އަދި ފަލަސްތީނަށްޓަކައި އަޑުއުފުލާ އެތައް ބައެެއްގެ ވަރަށްބޮޑު އެދުމެކެވެ.

މިއީ އުންމަތަށްޓަކައި ހުސްކޮށްލެވޭ ވަގުތުކޮޅެކެވެ. ދިދައެއް ހިފައިގެން ނުވައެއް ޖަހާއިރު ނުކުންވާށެވެ. ދުރަކަށް ނޫނެވެ. ގޭ ދޮރުމައްޗަށް ނުވަތަ ދޮރާށި ދޮށަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy