ސެޕްޓެމްބަރ 20, 2024 09:06

އިސްލާމީ ރިވެތި އަޚުލާޤާއި އީމާންކަންބަބުޅާ ހިތްތަކުގެ ވެރިންނަކީ މި ބިންމަތީގެ ނަސީބުވެރިންނެވެ!

ފާތިމަތު އިސްރާ
ނޮވެމްބަރ 10, 2023

މިބިންމަތީގައި ނަސީބުވެރިންނަކީ އިސްލާމީ ރިވެތި އަހްލާގާއި އީމާންކަމުން ބަބުޅާ ހިތްތަކުގެ ވެރިންކަމަށާއި އަދި އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތްކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ "ސަލާމަތް ވެގެންވާ ހިތް" މިމައުޟޫއަށް އަލިއަޅުވާލަމުން ބުނި ގޮތުގައި އިންސާނާ ހައްދަވާފައިވަނީ މާއްދީ ހަށިގަނޑަކާއި ރޫޙާނީ ފުރާނައަކާ އެކުއެވެ. އެހެންކަމަށް އިންސާނާއަށް ދުންޔަވީ ހަޔާތުގައި އޭނާގެ ދައުރު ފުރިހަމަޔަށް އަދާކުރެވޭނީ ރޫޙާނީ ބަޔަށް އިސްކަންދީ އެބައި ފުރިހަމަ ކޮށްގެން ކަމުގައެވެ. އަދި އެކަމުގެ ލަގަނަކީ އިންސާނާގެ ހިތްކަމަށް ބަޔާން ކުރަމުން ޚުތުބާގައި ބުނީ ގިޔާމަތްދުވަހުން ސަލާމަތްކަމާއި އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމުގައެވެ.

މުސްލިން އަޚުންނޭވެ! އިސްލާމީ ރިވެހި އަޚްލާގާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ، މިބިންމަތީގައި ނަސީބުވެރިންނެވެ. އެއީ އާޚިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމް ދީން ތަމްސީލުކުރާ ހެޔޮ ނަމޫނާ ތަކެވެ. ހުތުބާގައި ބުނެފައިވެއެވެ.

އީމާންކަމުން ފުރިގެންވާ ހިތަކަށްމެނުވީ މިދުނިޔޭގައި ރަގަޅު ހަޔާތެއް ނުލިބޭނެކަމަށާއި، އާޚިރަތް ދުވަހުން މަތިވެރި މަގާމެއްވެސް ނުލިބޭނެ ކަމަށާއި ޚުޡުބާގައި އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާ ތަނަކީ ހިތެވެ. ޖަޒާ ލިބުން އޮތީ ހިތުގެ ރަގަޅުކަމާއި، ނުބައިކަމުގެ މައްޗަށެވެ. އެހެންކަމުން ކޮންމެ އިންސާނަކުވެސް އޭނާގެ ހިތް ރަގަޅުކޮށް، އިސްލާޙު ކުރުމަށާއި، ހެޔޮ އަމަލު ކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރަންވާނެއެވެ. މި ހިތް އިސްލާހު ކުރަންވާނީ، އޭނާގެ ދުނިޔެއާއި އާޚިރަތް ރަގަޅު ކޮށްދޭނެ މަންހަޖަކާ އެއްގޮތަށެވެ. ހުތުބާ ގައި ބުންޏެވެ.

ޚުޡުބާގައި އިތުރަށް ބުނި ގޮތުގައި އިސްލާމް ދީނުގެ މަންހަޖު ބިނާވެފައިވާ ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން ހިމާޔަތްކޮށް ރައްކައުތެރި ކުރުމެވެ. ﷲ އަށް އުރެދުމުން ހިތް ރައްކައުތެރި ކުރުމެވެ. ދެވަނަ ކަމަކީ ދުނިޔެއަކީ އާޚިރަތަށްޓަކާ މާތް ﷲ ލައްވަވާފައިވާ ވަސީލަތެއްކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ. އަދި ތިންވަނަ ކަމަކީ ހިތް ގައުވިޔަ ނުދިނުމަށްޓަކާ އެހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާ ދިނުމެވެ. އެއީ.. ހަނދުމަކުރުންމަތީ ދެމިހުރުމެވެ. ﷲ އަށް ތަކުބީރު، ތަޙުމީދު، އަދި ތަސްބީޙަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy