ސެޕްޓެމްބަރ 19, 2024 23:52

ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އަންގައިފި

ފާތިމަތު އިސްރާ
ފެބްރުއަރީ 1, 2024

ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކަށް (އިމްޕޯޓަރުންނަށް) އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުންތައް" ރަޖިސްޓަރީ ކުރަމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެހެންކަމުން ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. މިގޮތުން މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy