ސެޕްޓެމްބަރ 20, 2024 05:45

ފުލުހުންގެ ޚިދުމަތާމެދު އާންމުންގެ ޚިޔާލު ހޯދަން ދިރާސާއެއް ކުރަނީ

ފާއިޒާ ޙުސައިން
ޖެނުއަރީ 28, 2024

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށް ފުލުހުންގެ ޚިދުމަތުން ދިރާސާއެއް ފަށައިފިއެވެ.

މި ދިރާސާ ކުރިއަށްގެންދަނީ “ޕަބްލިކް ޕާސެކްޝަން ސާވޭ“ ގެ ނަމުގައެވެ.

ފުލުހުން ބުނިގޮތުގައި މި ދިރާސާގެ މަގުސަދަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް, މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަނެ, ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ.

ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ ދިރާސާގައި މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓްދޭ ގޮތަށެވެ.

މި ދިރާސާގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ  ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy