ސެޕްޓެމްބަރ 20, 2024 04:08

ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްުޔަރުކުރަނިކޮށް

ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނަކު، ހައްޔަރުކޮށްފި

ފާތިމަތު އިސްރާ
ޖެނުއަރީ 27, 2024

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ ހަށި ވިއްކާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ބަންދަށް އެ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ވަނީ ހަށިވިއްކާ ކަމަށް އިއުތިރާފް ވެފައެވެ. އަދި އޭނާގެ އަތުން ފައިސާ ފެނިފައިވާއިރު، އެއީ ހަށިވިއްކައިގެން ހޯދި ފައިސާ ކަަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭނާ ހައްްޔަރު ކުރި ފަހުން 24 ގަޑިއިރުވާން ކައިރިވިއިރުވެސް ތަރުޖަމާނެއް ލިބިފަައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy