ސެޕްޓެމްބަރ 20, 2024 04:17

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަމާންކަމާއެކު ގެންދިޔުމަށް އީސީ އިލްތިމާސްކޮށްފި

ފާތިމަތު އިސްރާ
ޖެނުއަރީ 27, 2024

މިއަދު ކުުރިޔަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެއްދެވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓިގައި ވިދާޅުވީ، މިއިން ތިޚާބުގައި ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް އިލެކްޝަންސް ކޮމިޝަނުން އެދޭކަމުގައެވެ.

މިއަދު ކުރިޔަށްދާ ޕްރައިމަރީއަކީ އޮމާންކަމާއެކު ކުރިޔަށްދާ ޕްރައިމަރީއަކަށް ހެދުމަށް އިލެކްޝަންސްއިން އެދިފައިވާއިރު މިއަދު ކުރިޔަށްދާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ވޯޓުލާ ބައެއް ސަރަހައްދުތަކުގައި ބަނީ ހަމަނުޖެހުން ހިނގާފައެވެ. އެގޮތުން ހެންވޭރު ދެނުކު ވޯޓުލާ ސަރަހައްދުގައި ވަނީ ޒުވާބުކޮށް ގަޔަށް އަތްލާ ހިސާބަށްވެސް މަސްރަހު ހޫނުވެފައެވެ. މައްސަލަ ހޫނު ވެފައިވަނީ ވޯޓުލާން ދިޔަ ބައެއް މީހުންނަ ވޯޓު ނުލެވުމާއި، ލިސްޓުގައި ނެތް ބައެއް ފަރާތްތަކުން ވޯޓު ލަމުންދާކަމަށް ކުރެވުނު ތުހުމަތުތަކާއެކުއެވެ.

ވޯޓު ފޮށު ބެހެއްޓިފައިވާ ބައެއް ސަރަހައްދުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އެހީތެރިކަންވެސް ވަނީ ހޯދާން ޖެހިފައެވެ.

މިއަދު ވޯޓުލުން ކުރިޔަށްދަނީ ހެދުނު 10 އިން ފެށިގެންނެވެ.

މިއަދު ކުރިޔަށްދާ ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، މި ޕްރައީގައި ވޯޓުލުން އޮންނާނީ ހެނދުނު 10އަކުން ހަވީރު 5އަކަށް ކަމަށާއި، 90 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަކުރާނެ ކަމުގައެވެ.

މިއަދު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނައިރު، އެ ކޯލިޝަނުންވަނީ ޕްރައިމަރީއާނުލާ 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އެންމެ ފަރާތަކުން ކުރިމަތި ލާފައިވާތީއެވެ. މާދަމާގެ ޕްރައިމަރީ ކުރިޔަށްދާނީ 77 ދާއިރާއެއްގައެވެ.

މިއަދުގެ ޕްރައިމަރީގައި ވޯޓުލުން މާލޭގައި ކުރިޔަށްދާނީ ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަންތަނުގައި ކަމަށްވެސް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

މި ޕްރައިމަރީ ނިމުމުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާއިރު، ވާ ނުކުރުމަށް ހަމަޖައްސާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު ސިޔާމް ވާދަކުރާ ދާއިރާއަށެވެ.

މިއަދު ބާއްވާ ބާއްވާ ޕްރައިމަރީގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި 32 އަންހެން ކެންޑިޑޭޓުން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy