ސެޕްޓެމްބަރ 20, 2024 04:11

ރުޅިމަޑުކުރުން އެހާ މުހިންމު ނޫންނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުލެއްވީސް: ހުކުރު ހުތުބާ

ފާތިމަތު އިސްރާ
ޖެނުއަރީ 26, 2024

ރުޅި މަޑުކުރުމަކީ އެހާ މުހިންމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށް މިއަދުގެ ހުތުބާގައި ހާމަކޮށްފިއެވެ.

"ރުޅިމަޑުކުރުން،" މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ބުނީ މިއަދުގެ މުޖުތަމައުގެ ތެރެއިން، ރުޅި މަޑުކުރުމުގެ ރީތި ނަމޫނާ ފެންނަމުން ނުދާކަމުގައެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ ބަދަލު ހިފުމުގެ ރޫޙު ކަމުގައިވެސް ޚުޡުބާގައި ބުނެފައިވެއެވެ.

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ބަޔާން ކޮށްދެއްވާފައިވާ ގޮތުގުގައި، ރުޅިއަކީ ޝައިޡާނާ އިންސާނާގެ ހަށުގަޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ އެކަލޭގެފާނުގެ ސަހާބީންނަށް ވަސިއްޔަތް ކުރައްވާފައިވަނީ، "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިން ޚުޡުބާގައި ބުންޏެވެ.

ޚުޡުބާގައި ބުނި ގޮތުގައި ޝައިޡާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވާ، ކުށްފާފަތައް ކުރުވާން ކަމުގައެވެ. އަދި މިއަދު އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމުގައުވެސް ޚުޡުބާގައި ބުނެފައި ވެއެވެ.

އޭ މުސްލިމުން އަޚުންނޭވެ! އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައިވަނީ، އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށެވެ. ޚުޡުބާގައި ބުނެފައިވެއެވެ.

އިންސާނުން ނަމޫނާއެއްކަމުގައި ބަލަން ޖެހޭނީ ލޮބުވެތި މާތް ނަބިއްޔާ ކަމުގައާއި އަމިއްލަ ޝަޚްސީ ކަންކަމުގައާއި، ގަނެވިއްކުމުގެ މުއާމަލާތުގައާއި، އެކުވެރިކަމާއި ރައްޓެހި ކަމުގައިވެސް ރުޅިއައިސްގެން ނުވާނެ ކަމުގައި ޚުޡުބާގައި ބުންޏެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy