ސެޕްޓެމްބަރ 20, 2024 03:55

ކަނޑިންމަ ރިސޯޓުން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް

ފާތިމަތު އިސްރާ
ޖެނުއަރީ 25, 2024

ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ފެނުނު 9 ފޫޓުގެ ދިގުމިން ހުރި ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރ ކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ކިނބިލުގެ ދިގު މިނުގައި 9 ފޫޓް ހުރިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ހާމަކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy