ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން މިއަދު ކިނބުލެއް ފެނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ކިބޫ ފެނުނީ ރިސޯޓުގެ ފުއްޓަރު ފަރާތުގޮނޑުދޮށުންނެވެ. އޭގެފަހުން ކިނބޫ ފެންނަން ނެތުމާއެކު އެސޮރު ހޯދުމުގެ މަސައްކަތް ރިސޯޓު މުވައްޒަފުން ދަނީ ކުރަމުންނެވެ.
މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި މިކިނބުލުގައި 5 ފޫޓު ހުންނާނެއެވެ.
މިހާރު އެމްއެންޑީއެފަށް މިމައުލޫމާތު ހިއްސާކޮށްފިކަމަށްވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކިނބޫ އޮތީ ދިލަ ދިޔައިގަ، ގާތަށް މަތީގައެވެ.
ޓެގް: ހަބަރު