ސެޕްޓެމްބަރ 19, 2024 23:47

ގިނަބައެއްގެ ތަރުހީބުލިބިފައިވާ "އޮފީސްތަކުގެ ޓެލެޑްރާމާމުބާރާތް"އަލުން ފަށަނީ

ފާތިމަތު އިސްރާ
ޖެނުއަރީ 24, 2024

މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބު، އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ފެށުމަށް ނިންމައިފިއެވެ.

“އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް” 05 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި ވަނީ ހުޅުވާލާފައެވެ.

މި މުބާރާތް އަލުން ފަށާއިރު މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ “އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024”ގެ ނަމުގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިހާރުވަނީ ހުޅުވާލައިފިއެވެ.

މިފަހަރުގެ މި މުބާރާތުގެ ތީމްއަކަށް ހަމަޖައްސާފައިވަނީ، އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ތީމެއްގެ މައްޗަށް ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާން ޖެހޭ ކަމަށް ވެސް އެންސީއޭއިން ބުނެފައި ވެއެވެ. މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

އެންސީއޭއިން ބުނީ، މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށެވެ. މީގެ އިތުރުން “ވިވަރސް ޗޮއިސް” މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމްއެސް ލިބޭ ފަރާތަކަށް ކަމަށް އެންސީއޭއިން ބުނެއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ޑްރާމާތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހުގެ ތެރޭގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy