ސެޕްޓެމްބަރ 20, 2024 06:01

ހުޅުމާލޭގައި ސްކޫލެއް ތަރައްގީ ކުރުމަށް އަލް މަދީނާ އިންވެސްޓްމަންޓަށް!

ފާއިޒާ ޙުސައިން
ޖެނުއަރީ 23, 2024

އިސްލާމީ ތައުލީމު ދޭ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް މަދީނާ އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި އިސްލާމީ ތައުލީމު ކިޔަވާދޭ ސްކޫލެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުންސޮއިކުރެއްވީއެ ކުންފުނީގެ ސީއީއޯ އަލީ އަހްސަނެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ ތަރައްގީ ކުރެވިގެންދާއިރު، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައިހުންނަ ވަގުތީ މިސްކިތް ވެސް މަދީނާ އިންވެސްޓްމަންޓުން ތަރައްގީ ކުރާނެއެވެ.

މި މިސްކިތް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.

މީގެއިތުރުން މިސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވާދޭން ހަމަޖެހިފައިވާ ކަމަށާއި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުންމަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރުމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައިވެއެވ

އެޗްޑީސީން އިތުރަށް ވިދާޅުވީ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ.

ެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy