އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ 122 ފުޅި ބަނގުރާ އަދި 75 ދަޅު ބިޔަރު ކަމަށެވެ.
އަދި މިތަކެއްޗަކީ މިދިޔަ މަހު 3 އިން 23 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ޓެގް: މޯލްޑިވެސް ޕޮލިސް ސާވިސް