ސެޕްޓެމްބަރ 20, 2024 04:17

ހުވަދޫ ސުކޫލުގައި ހަނގާގެ ޝިކާރައަށް ވެފައިވާ ކުއްޖާ / ފޮޓޯ: ސޯޝަލް މީޑިއާ

ހުވަދޫ ސުކޫލުގައި ހަނގާ ކުރި މައްސަލަ އެޑިއުކޭޝަނުން ބަލަނީ، ކުއްޖާއަށް ރައްކާތެރިކަން ދީފި!

އައިޝަތު އިބްރާހީމް
ޖެނުއަރީ 21, 2024

ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރަކަށް މި ދިޔަ ބުރާސްފަތި ދުވަހު ހަނގާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަށް މިހާރު ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދީފައި ވާކަމަށެވެ.

މިދިޔަ ހޯމަ ދުވަހު މި ކުއްޖާގެ ގައިގައި ގޮނޑިންނާއި މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން ކަރާ ދިމާއިން ކަށިގަނޑެއް ބިނދިފައި ވާކަމަށްބުނެ ސޯޝަލް މީޑީއާގައި ދައުރުވާން ފެށި ޕޯސްޓަކުން އިދާރާތަކުގެ ސަމާލުކަމަށް މި މިއްސަލައައެވެ.

މި އަނިޔާ ލިބިފައިމިވަނީ 11 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކުރީ އެ ސްކޫލުގައި އުޅޭ ހަތަރު ކުއްޖަކު ބައިވެރިވެގެންނެވެ.

އަނިޔާލިބުނު ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި މި މައްސަލަ ތަކުރާރުކޮށް ސްކޫލަށް ހުށަހަޅައިގެން ވެސް އެއްވެސް ހައްލެއް ނުލިބެއެވެ. އަދި ކުއްޖާއަށް ހަނގާކުރުމުގެ އެކި ކަންކަމާ ސްކޫލު ތެރެއިން ކުރިމަތި ވަމުން އަންނަތާ 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އެ ކުއްޖާގެ އާއިލާއިން ބުނެއެވެ.

ސުކޫލުތަކުގައި ކުދިންނަށް ހަނގާ ކުރާ މައްސަލަތައް ފަހަކަށް އައިސް ވަރަށް ގިނައިން ދަނީ ކުރިމަތިވަމުންނެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy