ސެޕްޓެމްބަރ 19, 2024 23:46

މާވަށު ޓީމްގެ ދެވަނަ މެޗް މިރޭ، ބައްދަލު ކުރަނީ ވަރުގަދަ ގަމާ!

ފާއިޒާ ޙުސައިން
ޖެނުއަރީ 21, 2024

މާވަށު ފުޓްސަލް ޓީމްގެ ދެވަނަ މެޗް މިރޭ 23:00 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މެޗް ކުޅުން ކުރިޔަށްދާނީ ރެހެންދީ ފުޓްސަލް ދަނޑުގެ ޓަރފް 1 ގައެވެ.

މާވަށު ޓީމް މިރޭ ކުޅުމަށް ނިކުންނައިރު އެ ޓީމްގެ ފުރަތަމަ މެޗުން ވަނީ ކަޅައިދޫ ކައިރިން ކުރިހޯދާފައެވެ. މިރޭ މެޗް ކުޅުމަށް ނިކުންނައިރު ފުރަތަމަ މެޗުން މޮޅުވެ ލިބުނު ހިންހަމަޖެހުން އޮތްކަން ފާހަގަކޮށްލަމެވެ.

ނަމަވެސް މިރޭ މާވަށު ޓީމް ކުޅެން ނިކުންނަނީ އެ ސަރަހައްދުގެ ގަދަ ބާރެއްކަމުގައިވާ ގަމު ޓީމާއެވެ. ގަމުން ކުޅުނު ފުރަތަމަ މެޗަކީ މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗެވެ. މި މެޗް ގަމުން ވަނީ ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗަކީ ހުރިހާގޮތަކުންވެސް މާވަށު ޓީމަށް ވަރަށް މުހިއްމުވާނެ މެޗެކެވެ. އެއީ ސަަރަހައްދުގެ ގަދަބާރަކާއި އެކު ކުޅެ މޮޅުވުމަކީ މި މުބާރާތުގެ ދެންހުރި ހަރުފަތްތައް ގިރާކޮށްލުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިއްވަރެއްކަން ޓީމްގެ މެނޭޖަރ ވިދާޅުވިއެވެ.

އަދި އެ ޓީމްގެ ފަރާތުން އެދެނީ މިރޭގެ މެޗް ބެލުމަށްޓަކައި ވީހާވެސް ގިނަ ރަށުގެ ރައްޔިތުން ދަނޑަށް އައިސް ކުޅުންތެރިންނަށް ހިތްވަރުދިނުމަށްކަން ޓީމުން ފާހަގަކުރެއެވެ.

މާވަށު ޓީމްގެ ކޯޗް އައްޔަ ވިދާޅުވީ މިރޭގެ މެޗަށް ޓީމް ނިކުންނާނީ ގަދަކޮށްކަމަށާއި ކުރީރޭގެ ކުޅުމަށް ބަލައި ބަދަލުތައް ގެންނަންހުރި ތަންތަނަށް ބަދަލު ގެނެސް އިތުރަށް ވަރުގަދަކުރެވިފައިވާ ކަމަށެވެ.

"މިރޭގެ މެޗަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް އަދި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފައެވެ." ކޯޗް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy