ސެޕްޓެމްބަރ 20, 2024 06:44

ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 21, 2024

ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށްޓަކައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ޖަނަވަރީ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަބާޙްއެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ މެނޭޖްމަންޓް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް އާއި ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަބާޙް ދެއްކެވި ވާހަކަ ފުޅުގައި، ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން ދިވެހި ފުލުހުންނަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ވަރަށް މުހިންމު ކޯހެއްކަން ފާހަގަ ކުރައްވައި ކޯހުގެ ސަބަބުން ދިވެހި ފުލުހުންގެ ފިޓްނަސް ރަނގަޅުވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މި ކޯހުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.


މި ހިނގާ ޖަނަވަރީ މަހުގެ 15 އިން 19 އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 17 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy