ސެޕްޓެމްބަރ 20, 2024 06:36

ފުވައްމުލަކު ސިޓީ އެކްސިޑެންޓް: ހާލު ދެރަވި މީހާ ވެންޓިލޭޓަރުގައި

ފާތިމަތު އިސްރާ
ޖެނުއަރީ 21, 2024

ފުވައްމުލަކު ސިޓީގައި ސައިކަލު އެކްސިޑެންޓުގައި ހާލުދެރަވި މީހާ މާލެ ގެނެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

މިއެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހިފައެވެ.

މި އެކްސިޑެންޓްގައިި އަނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ. ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރގައެވެ.

މި އެކްސިޑެންޓް ހިނގީ، އެ ސިޓީގެ ބޮޑުމަގުގައި ރޭ 10:00 ޖެހި ހާއިރުއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy