ސެޕްޓެމްބަރ 20, 2024 06:03

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި އަހަރުގެ މާޗު 17 ގައި – ލިސްޓަސް ޝަކުވާ ހުށަހެޅުމުގެ ފަހު ދުވަހަކީ މާދަން!

މަޖިލިސް އިންތިހާބު: ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ!

އައިޝަތު އިބްރާހީމް
ޖެނުއަރީ 20, 2024

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މި އަހަރުގެ މާޗް 17 އެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މި އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މާދަން ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy