ސެޕްޓެމްބަރ 20, 2024 04:07

މާލެސިޓީ ރެސްޓޯރެންޓެއްގައި ގޭސްއެކްސްޕްލޯޝަނެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

ފާތިމަތު އިސްރާ
ޖެނުއަރީ 17, 2024

ހެންވޭރު ކިނބިގަސް މަގު "އެންޖީބީ ފާސްޓް ފުޑް އައުޓްލެޓް" ގައި ގޭސް ފުޅިއެއް ގޮވައިފިއެވެ.

ގޭސް ފުޅީ ގޮވުމުގެ ސަބަބުން މަގުމަތީ ތީބީ 2 ދިވެހި އަންހެންނުނަށް އަނިޔާ ވެގެން ދަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ.

މިހާދިސާގައި އަނިޔާވެފައި ވަނީ، އެ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހާއަށާއި، އިތުރު ދެމީހަކަށެވެ. އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އަނިޔާވި އަނެއް ދެމީހުންނަކީ ހާދިސާ ހިނގި ވަގުތު އެރެސްޓޯރެންޓްގެ ބޭރުން މަގުމަތީގައި ތިބި ބައެކެވެ.

ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގޭގައި ފަޔަމަނުން ހަރަކާތްތެރި ވަނީ --- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނެފައިވަނީ، ކިނބިގަސްމަގުގައި ހުންނަ އެންޖީބީ ކެފޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރި ވަމުންދާ ކަމުގައެވެ. މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގޭ--- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި ސްރިލަންކާއަށް ނިސްބަތްވާ އެ ރެސްޓޯރެންޓުގެ ޝެފަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއެންޑިއެފުންވެސް ވަނ އެހާދިސާގައި އެރެސްޓޯރެންޓްގެ ކައްކާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.

ގޭސް އެކްސްޕްލޯޝަން ހިނގަނީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. މިގޮތަށް ގޭސް ލީކުވެ ގޮވާ ގޮވުންތަކަކީ ވަރަށް ބާރުގަދަ ގޮވުންތަކެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy