ސެޕްޓެމްބަރ 20, 2024 04:16

"ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 17, 2024

ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ސިއްޙީީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 12 އިން ފެށިގެން 10 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ޒުވާނުންގެ މަރުކަޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ، ކުޅިވަރުގެ މައިދާނުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް އަންގައިދީ، އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ.

މި ކޯހުގައި، ކުޅިވަރުގެ މައިދާނުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާދޭނެ ގޮތުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، ޢަމަލީގޮތުން އެ ކަންކަން ކުރަންވީގޮތް ވަނީ ފަރިތަކުރުވާފައެވެ. މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ކާޑިއޯ ވެސްކިއުލަ ސިސްޓަމް، ރެސްޕިރޭޓަރީ ސިސްޓަމް، ސީޕީއާރު ތިއަރީ އަދި ޕްރެކްޓިކަލްގެ އިތުރުން އޭއީޑީ ތިއަރީ އަދި ޕްރެކްޓިކަލް ހިމެނެއެވެ.

މީގެއިތުރުން ކިޔަވައިދެވެނު ބައިތަކުން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ވަނީ ދަރިވަރުންނަށް ދީފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް މެޑިކަލް ކޯރ އިން ކުރިއަށް ގެންދިޔަ މި ކޯހަކީ އެމެރިކަން ހާޓް އެސޯސިއޭޝަން ސްޓޭންޑަޑް ކޯހެކެވެ.

އަދި މި ކޯހުން ފާސްވި ބައިވެރިންނަށް ދެ އަހަރު ދުވަހުގެ މުއްދަތުގެ ވެލިޑް "ސީޕީއާރު އޭއީޑީ" ކޮލިފިކޭޝަން ކާޑެއް ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy