ސެޕްޓެމްބަރ 19, 2024 23:55

ދޫނިދޫ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއިން ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 17, 2024

ބައެއްކަހަލަ ކުށްތަކުގެ ހުކުމްތަކުގައި އެކަހެރިކޮށްފައިވާ ގައިދީންނާއި އެކި ކުށްތަކުގައި ތަހުގީގު ބަންދު މީހުން ބައިތިއްބާ އެއް ރަށް ކަމަށްވާ މާލެއަތޮޅު ދޫނިދޫ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމާއި ގުޅެގޮތުން ސްޓެލްކޯއިން ބުނީ، ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލްވުމުގައި ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި، އެ ސިސްޓަމް އަޕްގްރޭޑް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

މި ބައްދަލްވުމުގައި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުންވާހަކަ ދައްކާ މަޝްވަރާ ކުރެއްވި ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އެކުންފުނިން ވަނީ ކަރަންޓު ކެނޑޭ ވަގުތުތަކުގައި އެކުންފުންޏާއި ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އަދި ފުލުހުންގެ އިންޖީނިއަރުންނަށް ސްޓެލްކޯ ކުންފުނީގައި ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ވެސް މިބައްދަލްވުމުގައި ވާހަކަ ދައްކާފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy