ސެޕްޓެމްބަރ 20, 2024 04:16

ފޮޓޯ: ވޮއިސް

ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކޮށްފި!

ފާތިމަތު އިސްރާ
ޖެނުއަރީ 17, 2024

ބޮޑުތަކުރުފާނު މަގުގެ ބަޔަކަށްވާ ގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕު ސްޓޭޝަން އެ ތަނުން ނަގައި، އެ ދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އާ ފިއުލް ޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށް ސްޓެލްކޯ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވި މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ފަހުމީ ވިދާޅުވީ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ 7.1 މިލިއަން ރުފިޔާ އަށް ކަމަށާއި ޕަމްޕް ސްޓޭޝަން ނެގުމަށް ރާވާފައިވަނީ އީއައިއޭ އެޕްރޫވް ވާތާ 60 ދުވަހުގެ ތެރޭގައި ކަމަށެވެ.

އަދި ސްޓެލްކޯ އިން ދެމުންދާ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސެއިން ފަހުމީ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ޕަމްޕް ސްޓޭޝަން ހުރުމުން ރައްޔިތުންނަށް މަގު އެއްކޮށް ނުފެންނަ ކަމަށާއި ޓްރެފިކް ފްލޯއަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަން ޖެހޭ ކަމަށާ، އެއަށް ފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށާއި އެއަށް ފަހު ސްޓްރަކްޗާ ހަދައި މެޝިނަރީތައް ބަދަލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި އޭގެ އެކަން ނިމުމުން މިހާރު ހުރި ޕަންޕް ސްޓޭޝަން ނަގައި، އެ ތަނުގެ ޕޭވްމަންޓް ހަދައި، މަގު ރަނގަޅަށް ހުޅުވާލާނެ ކަމަށާ، އެއާއެކު ރައްޔިތުންނަށް މަގު ބޭނުން ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy