ސެޕްޓެމްބަރ 20, 2024 08:43

އިންފުލުއެންޒާ ފެތުރޭތީ ފްލޫ ވެކްސިން ޖެހުމަށް އެޗްޕީއޭ އިލްތިމާސް ކޮށްފި

ފާތިމަތު އިސްރާ
ޖެނުއަރީ 16, 2024

ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭތީ ފްލޫ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އިންފުލުއެންޒާ އަކީ އާންމުކޮށް ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްތަކުގައި މިބަލި ފެތުރޭ މިިންވަރު އިތުރުވެގެންދެ އެވެ.

އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ބަލި ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ. އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ނޭފަތުން ފެން އައުން، ގައިން ވަރު ދެރަވުން، ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުން އަދި ކެއްސުމެވެ.

ތިން ދުވަސް ވަންދެން އެ އަލާމާތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.  އާންމު ގޮތެއްގައި އެ ބަލި ފެތުރޭނީ ބަލި ޖެހުމަށް ފަހު، އެއް ދުވަސް ފަހުންނާއި ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގަ އެވެ.

އިންފުލުއެންޒާގެ ވައްތަރުތަކުގެ ތެރެއިން މިހާރު ރާއްޖޭގައި ފެތުރެމުންދަނީ އެޗްތްރީއެންޓޫ އަދި އެޗްވަންއެންވަން އަދި އިންފްލުއެންޒާ ބީ އެވެ. އަދި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ވެސް އުޅޭ އިރު، މިކަމުން ރައްކާތެރިވުމަށް ފްލޫ އަދި ކޮވިޑް ވެކްސިން ވީހާ ވެސް އަވަހަކަށް ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާކޮށްފަ އެވެ.

އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy