ސެޕްޓެމްބަރ 20, 2024 04:16

ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، އާޖެންޓީނާގެ ތަރި ލަޔަނަލް މެސީ ހޯދައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 16, 2024

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.

އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ ލައަނަލް މެސީ މި އެވޯޑު އުފުލާލީ މެންޗެސްޓާ ސިޓީގެ ތަރި އާލިންގް ހާލަންޑާއި ވާދަކޮށެވެ.

ފީފާ އިން ހޮވާ މި އެވޯޑަކީ، މީޑިއާތަށް ތަމްސީލު ކުރާ ފަރާތްތަކާއި، ގައުމުތައް ތަމްސީލު ކުރާ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންނާއި ސަޕޯޓަރުންގެ ވޯޓުން ހޮވާ އެވޯޑެކެވެ. މެސީ އަދި ހާލަންޑަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ އެއްވަރެވެ.

އެއީ ދެ ކުޅުންތެރިންނަށް ވެސް ލިބިފައިވަނީ 48 ވޯޓެވެ. އިންޓަ މަޔާމީގެ ތަރި މެސީއަށް މި އެވޯޑު ލިބިފައި ވަނީ މެންޗެސްޓާ ސިޓީގެ ތަރި އާލިންގް ހާލަންޑަށްވުރެ ގިނައިން ގައުމީ ކެޕްޓަނުންގެ ވޯޓު ހޯދައިގެންނެވެ.

ފީފާ ގަވާއިދު ބުނާ ގޮތުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ ވޯޓު އެއްވަރު ވެއްޖެނަމަ ބަލާނީ އެންމެ ގިނަ ގައުމީ ކެޕްޓަނުންގެ ވޯޓަށެވެ. މި ވޯޓު އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ކޯޗުންގެ ވޯޓަށެވެ.

މިއީ މެސީ މިވޯޑު ހޯދި 3 ވަނަ ފަހަރެވެ. 2019 ވަނަ އަހަރާއި، 2022 އަދި 2023 ވަނަ އަހަރުގެ އެވޯޑު ވަނީ މެސީ ކާމިޔާބު ކޮށްފައެވެ. އަދި 2018 ވަނަ އަހަރު ފިޔަވާ ދެން ބޭއްވުނު މި ވޯޓުގެ ގަދަ 3 ގައި މެސީ ވަނީ ވާދަކޮށްފައެވެ. މިގޮތުން 2016، 2017 އަދި 2021 ވަނަ އަހަރު ވަނީ މި އެވޯޑުން ދެވަނަ އަށް ގޮސްފައެވެ. އަދި 2020 ވަނަ އަހަރު ވަނީ 3 ވަނަ ހޯދާފައެވެ.

އާޖެންޓިނާގެ ކެޕްޓަންގެ ހައިސިއްޔަތުން މެސީވެސް ވަނީ މި ވޯޓުގައި ބައިވެރިވެފައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ މެސީ ލާފައި ވާ ވޯޓުގައި އަމިއްލައަށް މެސީ ވޯޓުދީފައެއް ނުވާކަމެވެ. މެސީ ވޯޓު ދީފައިވަނީ، އާލިންގް ހާލަންޑަށް އެއްވަނަ، އެމްބާޕޭއަށް ދެވަނަ އަދި ޖޫލިއަން އަލްވަރޭޒަށް 3 ވަނައެވެ. ގައުމީ ބައެއް ކެޕްޓަނުންގެ ވޯޓަށް ބަލާލާއިރު، ފްރާންސުން އެމަބާޕޭ، އިނގިރޭސިވިލާތުން ކޭން، ކްރޮއޭޝިޔާއިން މޮޑްރިޗް، ހޮލަންޑުން ވެންޑައިކު އަދި އެމެރިކާއިން ޕުލުސިޗްވަނީ މެސީ އަށް ވޯޓުދީފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy