ސެޕްޓެމްބަރ 20, 2024 08:50

ރާއްޖޭގެ ބައެއް ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ

ފާތިމަތު އިސްރާ
ޖެނުއަރީ 15, 2024

ރާއްޖޭގެ އުތުރާއި، މެދު ރާއްޖެ ތެރެ ހިމެނޭ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޫސުމާއި މެހޭ ޤައުމީ ޢިދާރާ މެޓް އިން މިއަދު ކުރި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މެޓް އިން ވިދާޅުވެފައި ވަނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްޞަކޮށް މެދު ރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށްވެފައެވެ." މެޓުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އާއްމުގޮތެއްގައި ވައި ނުސާފުވަނީ ވިއްސާރަ ވުމުގެ ސަބަބަންނާއި ވައި ބާރުވެ ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

"ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާ ކުރެއެވެ.". މެޓް އިން ވިދާޅުވިއެވެ.

މި ދުވަސްވަރު ރާއްޖޭގެ ބަޔަކަށް ވައި ނުސާފުކަން ކުރިމަތިވެފައިވާ އިރު މިދިޔަ މަހުގައާއި، މި މަހުގެ ކުރީކޮޅު ވަނީ ރާއްޖޭގެ އެކި އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކުގެ ރަށްރަށާއި ގޭގެއަށްވެސް ގެއްލުން ލިބިފައެވެ. އޭގެ އިތުރުން މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ބައެއްގޭގެއިން މީހުން ރައްކާތެރި އެހެން ތަންތަނަށްވެސް ބަދަލުކުރަން ޖެހިފައިވެއެވެ.

ވައި ނުސާފު ވަގުތުތަކުގައި ސަމާލުކަން ދޭންވީ ކަންކަން

  •  ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  •  ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުން
  •  ކުޑަކުދީންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  •  ތުއްތު ކުދީން ބޭރަށް ނުނެރުން
  •  ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  •  ބޭރުގައި ކުޅިވަތު ކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy