ސެޕްޓެމްބަރ 20, 2024 05:51

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހު 3 ގައި ބާއްވަނީ

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 3 ގައި ބޭއްވުމަށް ހަމަޖައްސައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 15, 2024

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް، އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު ޕާޓީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުން ޕްރައިމަރީއަކާ ނުލައި 36 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައިވާއިރު، މި ޕްރައިމަރީގައި މަޖިލީހުގެ 43 ދާއިރާއަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅިގެންދާނެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބުނެފައެވެ.

އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންދާއިރު އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy