ސެޕްޓެމްބަރ 20, 2024 09:01

ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ދިރާސީ އައު އަހަރު ކިޔަވައިދޭން ފަށާނެ

ފާތިމަތު އިސްރާ
ޖެނުއަރީ 14, 2024

ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ހިމަނައިގެން، ކުރިޔަށް އޮތް ދިރާސީ އާ އަހަރު ފަށާއިރު ކިޔަވައިދޭން ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމްއެވެ.

އޭނާ ވިދާޅުވީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.

"ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނެއްވުމަށް ސޯޝަލް ކައުންސިލުގަ ވަނީ ނިންމާފަ." ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ދިވެހި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން އަންނަ ދިރާސީ އާ އަހަރު ފަށާއިރު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.

"ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ފަށައި، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައި،" ނާޒިމް ވިދާޅުވިއެވެ.

އަންނަ ދިރާސީ އާ އަހަރު ފަށާނީ މެއި މަހުގެ 26 ވަަނަ ދުވަހުއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy