ސެޕްޓެމްބަރ 20, 2024 06:24

ދިވެހި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ އަދުގެ ސަރުކާރުގެ ކަންބޮޑުވުމެއް: ނާޒިމް

ފާތިމަތު އިސްރާ
ޖެނުއަރީ 14, 2024

ދިވެހި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރު ކަންބޮޑުވާނެ ކަމެއް ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިިދާޅުވެއްޖެއެވެ.

ނާޒިމް މިހެންވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައިެވެ. އެބައްދަލު ވުމުގައި ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެތަންތަނުގެ ހިންގުމަށް ހަރަދު ކުރަން ނުޖެހި ފައިދާ ގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތަކެއް އެކަށައެޅުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ ދައުލަތުގެ ވަރަށް ގިނަ ކުންފުނިތަކުން ހަރަދު ބޮޑުކޮށް ފޫ ނުބެދޭ ގޮތަށް ހިންގަމުންދާކަމީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލުމުގެ ގޮތުން ފިނޭންސުން ހުށަހެޅި ކަރުދާހާ ބެހޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރެވި ނިންމުންތަކެއް ނިންމައިފައެވެ.

މާލީ ވުޒާރާއިން ހުށަހެޅި އެ ކަރުދާހަކީ ދައުލަތް ހިއްސާވާ ދައުލަތުން އެތަންތަނުގެ ހަރަދު ކުރަން ނުޖެހި ފައިދާގައި ހިންގާ ކުންފުނިތަކަަކަށް ހެދުމަށް ސިޔާސާތަކެއް އެކަށަ އެއެޅުމާއި ގުޅޭގޮތުން ހުށަހެޅި ކަރުދާހެކެވެ. މި ސިޔާސަތުތައް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، ހަފްތާ 14ގައި ކުރަން ހަމަޖެހިފައިވާކަމެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މާލީ ވުޒާރާއިން މިއަދު ހުށަހެޅީ އެކަން ހާސިލު ކުރުމަށް ހުށަހެޅި ކަރުދާހެއްކަމަށެވެ.

"މިއަދު ކެބިނެޓަށް ހުށަހެޅުނު ކަރުދާސް ހުށަހެޅުނީވެސް، ދައުލަތުގެ ކުންފުނިތަކުގެ ވަރަށް ބޮޑެތި ދަރަނި ހުރުމާއި އެދަރަނި ކުޑަކުރުން ނުވަތަ މާލީ ފައިދާ ވާ ކުންފުނިތަކެއްގެ ގޮތުގައި އެކުންފުނިތައް ހިންގުމަށްޓަކައި ސިޔާސަތުތަކެއް ތަންފީޒުކުރުމަށްޓަކައި ހުށަހެޅުނު ކަރުދާހެއް، އެއީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި، ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީވެ. އެއީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވާތީވެ، ދިވެހި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރު ކަންބޮޑުވާނެ ކަމަކަށްވާތީވެ. އަދި ސިޔާސަތުތަކުގެ ތެރޭގައި އެކަން އެކުލަވާލެވިފައިވާތީވެ." ނާޒިމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ މިފަދަ ކަންކަމަށް ހައްލެއް ހޯދުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލުމުގެ ގޮތުން ފިނޭންސުން ހުށަހެޅި ކަރުދާހާ ބެހޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރެވި ނިންމުންތަކެއް ނިންމައިފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy