ސެޕްޓެމްބަރ 20, 2024 06:31

މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 14, 2024

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނިގޮތުގައި ބަނގުރާ ނައްތާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

އަދި ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިޔަރު ދަޅު ކަމަށާއި މިތަކެއްޗަކީ  2023 ޖުލައި 11 އިން ފެށިގެން  2024 ޖަނަވަރީ  8 އަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި، އެމް.އެން.ޑީ.އެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 248 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 1738 ފުޅިބަނގުރަލާއި 557 ދަޅު ބިޔަރެވެ. އަދި ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށްފައިވާ ބަނގުރަލުގެ 3 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 9 ފުޅިބަނގުރަލާއި ބިޔަރު ދަޅެކެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy