ސެޕްޓެމްބަރ 20, 2024 06:28

ބޮޑު ތަފާތަކުން މާލޭގެ މޭޔަރ ކަމަށް އާދަމް އާޒިމް ހޮވިވަޑައިގެންފި

ފާތިމަތު އިސްރާ
ޖެނުއަރީ 13, 2024

މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު ބައި-އިލެކްޝަން، ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު ބަލިކޮށް، އިނދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

އާދަޔާ ޚިލާފަށް މަދުން މީހުން ވޯޓުލާފައިވާކަމަށް ބެލެވޭ މިއިންތިޚާބުގައި މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖައަށް ބަލާއިރި މިހާތަނަށް ގުނާފައިވާ 41 ފޮށިން އާޒިމްއަށް ލިބުނު ވޯޓި 5،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އާޒިމްއާއި އެންމެ ކައިރިން ވާދަކުރަމުންދާ، ސަރުކާރު ކެނޑިޑޭޓް އާޒިމާ ޝަކޫރު އަށް ލިބިފައިވަނީ 3،301 ވޯޓުވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މޭޔަރުކަށް ވާދަކުރާ، ސިޓީ ކައުންސިލްގެ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހް އަށް ލިބިފައިވަނީ 1،634 ވޯޓެވެ. ރައީސް ޔާމިންގެ ތާއީދާއެކީ ވާދަކުރައްވާ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދަށް 1،326 ވޯޓު ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރާ ފުރަހަނި ޝުއައިބުއަށް ލިބިފައިވަނީ 91 ވީޓެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ވޯޓު ލީކަމަށް ބެލެވެނީ 40 އިންސައްތަ މީހުން ކަމުގައެވެ.

މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy