ސެޕްޓެމްބަރ 20, 2024 06:40

ހިލޭއެހީގެ ގޮތުގައި ޗައިނާއިން ރާއްޖެއަށް، 130 މިލިއަން ޑޮލަރ ދޭން ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 13, 2024

ހިލޭއެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް، ޗައިނާއިން ދިވެހި ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން ދިން 130 މިލިއަން ޑޮލަރު ބޭނުން ކުރާނީ މާލެ ސިޓީގެ މަގުތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

"މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ރުފިޔާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި."

ރައީސް މުޢިއްޒު ވިދާޅުވިއެވެ.މި އެހީއަކީ ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމަށް ހޭދަކުރުމަށް ދެވުނު އެހީއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy