ސެޕްޓެމްބަރ 20, 2024 06:27

ކާޑުގެ ބާވަތްތައް އިންޑިޔާއަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެންނަނީ

ފާތިމަތު އިސްރާ
ޖެނުއަރީ 13, 2024

ކާޑުގެ ބާވަތްތައް, ހަނޑޫ, ހަކުރު, ފުށަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތުރުކީއާއެކު އެއްބަސްވުނެއް ހަދާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއާއެކު އެއްބަސްވުން ހެދިކަން ރައީސް ހާމަ ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ނިންމަވާލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމާޑެޓީސް, ހަނޑޫ, ހަކުރު, ފުށް . އެންމެ ދިމާޔަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ މިހާރު ތުރުކީއާއެކު އެއްބަސްވެފައި. ހަނޑޫ ހަކުރު ފުށް ތުރުކީން މުޅި ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ވަނީ އެއްބަސްވުންތައް ހެދިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުރުކީއަށް ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި އަންނަ މަހު އެ ޝިޕްމެންޓު ލިބޭނެ ކަމަށެވެ.

ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy