ސެޕްޓެމްބަރ 20, 2024 09:06

ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފި

ފާއިޒާ ޙުސައިން
ޖެނުއަރީ 13, 2024

މިއަދު ކުރިއަށްގެންދިޔަ ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.

އިސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، 4 ޖެހުމާ ހަމަޔަށް ވޯޓުލުމުގެ ހައްގު އަދާކޮށްފައިވަނީ 14,605  މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26.08 އިންސައްތައެވެ.

މިފަހަރު މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު 5 ބޭފުޅަކު ވާދަކުރައްވާފާއިވެއެވެ. އެބޭފުޅުންނަކީ އެއީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުޙައްމަދު ސައިފް ފާތިޙް އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy